މުނިފޫހިފިލުވުން

ބަދަން ވިއްކަން ކީ ލަވަ މަޝްހޫރުވެ ބޮޑު މުއްސަންޖަކަށް


"ކައްޗާ ބާދާމް" މި ލަވައަކީ ސޯޝަލް މީޑިއާގައި މިހާރު އެންމެ މަޝްހޫރު އަދި އެންމެ ހިނގާ ލަވަވެސް މެއެވެ. މި ލަވަ ވައިގައި ހިފާ މަޝްހޫރުވެގެންދިޔައީ ހަމަ އޯވަރ ނައިޓަކުންނެވެ.

މީ އިންޑިއާގެ ދެކުނު ބެންގާލްގެ މަގުމަތީގައި ބަދަން ވިއްކަން އުޅުނު ބޫބާން ބަދްޔަކަރް ކިޔާ މީހެއްގެ ލަވައެކެވެ. މިނާ މި ލަވަ ކިޔާ އުޅުނީ ބަދަން ވިއްކަން އުޅުނު އިރު އެނާގެ ވިޔަފާރިއަށް މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ. ލަވަ މަޝްހޫރުވެގެން ދިޔައީ އެނާ ކައިރިޔަށް ބަދަން ގަންނަން ދިޔަ މީހަކު މި މަންޒަރުތައް ވީޑިއޯކޮށް ޔޫޓިއުބަށް ދޫކޮށްލުމުންނެވެ.

ބޫބާންގެ މި ލަވަ ފެނުމާއި އެކު މިއުޒީޝަން ނަޒުމޫ ރިޗަތުވަނީ ވަނީ މި ލަވައިގެ ރިމިކްސެއް ހަދާ އާއްމުކޮށްފައެވެ. އެތައް ބައެއްގެ ސަމާލުކަމަށް މި ލަވަ ގެނައި މި ރިމިކްސްގެ ވީޑިއޯގައި ބޫބާންވެސް ފެނެއެވެ. މި ރިމިކްސްއަށް އެތައް ހިޓްސްއެއް ލިބުނު ނަމަވެސް އޭގެ އެއްވެސް ކްރިޑިޓެއް ބޫބާންއަށް ދީފައި ނެތުމުން އެތައް ބަޔަކު އައި ފާޑުކިޔަމުންނެވެ. މި ލަވަ ވަނީ 68 މިލިއަން މީހުން ބަލާ 2.4 މިލިއަން ލައިކްސް ލިބިފައެވެ.

މި ފާޑުކިޔުންތައް ބޮޑުވުމުން ލަވަ އުފެއްދި ކުންފުނިން އެންމެ ފަހުން މިހާރު ވަނީ ބޫބާންއަށް 3 ލައްކަ ރުޕީސް ދީފައެވެ.

މި ލަވަ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. މަޝްހޫރު ފަންނާނުންވެސް މި ލަވައަށް އެކްޓްކޮށް މީސް މީޑިޔާގައި ހިއްސާކުރަން ފެށުމުން ބޫބާންއަށް ލިބޭ ސަމާލުކަން އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ކޮލްކަތާގައި ބޭއްވުނު ''ކައްޗާ ބާދާމް ނައިޓް'' ގައި ބޫބާން ވަނީ އޭނާގެ ލަވަ ކިޔައިފައެވެ.

ބޫބާން ބުނީ އެނާގެ އެ ލަވަ މީހާ މަޝްހޫރު ވެދާނެކަމަށް ޤަބޫލުވެސް ނުކުރާކަމަށެވެ. ބޫބާންގެ މަޝްހޫރުކަން ބޮޑުވެ ގިނަ ބަޔަކަށް އޭނާ އެހެން ފެށުމުން އެނާ އުޅޭ ސަރަހައްދުގެ ފުލުހުން ވަނީ އޭނާއަށް ރައްކާތެރިކަން ދީ އާއްމުންނަށް ބޫބާނާއި ބައްދަލުކުރުމުގެ ފުރުސަތުވެސް ދީފައެވެ.

ބޫބާން ބުނީ މީހާރު އޭނާއަކޫ ބޮޑު ތަަރިޢެއްކަމަށެވެ. އެހެންކަމުން ދެން ބަދަން ވިއްކަން ނުނިކުންނާނެކަމަށްވެސް ބޫބާން ބުނެއެވެ.