މުނިފޫހިފިލުވުން

ޝާހުގެ ދަރިފުޅު ސްކްރިޕްޓް ރައިޓަރަކަށް


ބޮލީވުޑްގެ ބާދްޝާ ޝާހުރުކްޚާންގެ ދަރިފުޅު އާރްޔަންޚާން ވެސް ބޮލީވުޑަށް ނިކުންނަން ތައްޔާރުވެއްޖެއެވެ. ނަމަވެސް ބައްޕަ ގޮތަށް އާރްޔަން ފެންނާނީ ކެމރާގެ ކުރިމައްޗަކުން ނޫނެނެވެ.

ބޮލީވުޑް ޚަބަރުތައް ބުނާގޮތުން އާރްޔަން މަސައްކަތް ކުރާނީ ސްކްރިޕްޓް ރައިޓަރެއްގެ ގޮތުގައެވެ. މިގޮތުން ވެބް ސިރީޒަކާއި ފީޗަރ ފިލްމެއްގެ މަސައްކަތް އާރްޔަން ދަނީ ކުރަމުންނެވެ. ވެބް

ސީރީޒްގައި އާރްޔަން އާއިއެކު ކޯ ރައިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ "ދަ ބާޑް އޮފް ބްލަޑް" ، "ދަ ކިސް އޮފް ލައިފް" އަދި "ދަ ފޮނިކްސް" ގެ ސްކްރީން ޕްލޭގައި މަސައްކަތްކޮށްފައިވާ ބިލާލް ސިއްދީގީ އެވެ.

އާރްޔަންގެ އިތުރުން ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާންވެސް ދަނީ ބޮލީވުޑަށް ނިކުނަން ތައްޔާރުވަމުންނެވެ. ސުހާނާ ފެންނާނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޒޯޔާ އަޚްތަރުގެ ވެބް ސީރީޒަކުންނެވެ. އާޗީ ކޮމިކަކަށް ބިނާކޮށްފައިވޭ އުފައްދާ މި ސީރީޒު ސްޓްރީމްކުރާނީ ނެޓްފިލިކްސް އިންނެވެ.

އާރްޔަން ވަނީ ފައިން އާޓްސް، ސިނަމެޓިކް އާޓްސް، ފިލްމު އަދި ޓެލެވިޒަން ޕްރޮޑަކްޝަނުން ޔުނިވަރސިޓީ ޢޮފް ސަދާން ކެލިފޯނިއާއިން ބެޗްލަރ އޮފް އާޓްސް ހާސިލްކޮށްފައެވެ.