ޚަބަރު

އިމުރާން ޚާން ބޭނުންފުޅުވަނީ މޯދީއާއެކު ޓީވީ ބަހުޘެއް


ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ގެނައުމަށް ޓީވީ މެދުވެރިކޮށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބަހުޘެއްގައި ބައިވެރިވެވަޑައިގަތަމަށް ބޭނުންފުޅުވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަވައި އިމުރާން ޚާން ވިދާޅުވީ ބަހުޘެއް މެދުވެރިކޮށް ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް ޙައްލެއް ގެނެވިއްޖެނަމަ އެއް ބިލިޔަން މީހުންނަށް އެ ކަމުގެ އުފާވެރިކަން ލިބޭނެކަމަށެވެ. އޭގެ އިތުރުން ޕާކިސްތާނުން ބޭނުންވަނީ ވިޔަފާރީގެ ގާތްގުޅުންތަކެއް ހުރިހާ ޤައުމަކާއެކުވެސް އޮންނަންކަމަށާއި އިންޑިޔާގެ އަދާވާތްތެރިކަމުގެ ސަބަބުން އެ ޤައުމާއެކު އެފަދަ ގުޅުމެއް ބާއްވަން ވަރަށް ދަތިކަމަށްވެސް އިމުރާން ޚާން ވިދާޅުވިއެވެ. އަދި އަވަށްޓެރި އަފްޣާނިސްތާނާއި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުތަކާއެކު ވިޔަފާރީގެ މުޢާމަލާތްތަކެއް ނުކުރޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އިންޑިޔާއާއެކު އޮތް މައްސަލަތައް ޙައްލުކުރެވިއްޖެނަމަ ދެ ޤައުމަށްވެސް އޭގެ ފައިދާކުރާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ރަޝިޔާއަށް ވަޑައިގެންނެވި އިމުރާން ޚާނަކީ ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އެ ޤައުމަށް ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރެވެ.