ޚަބަރު

ރައީސް އޮފީހުގެ ބައެއް މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސެވުން


މިނިސްޓަރ ފޮރ ލީގަލް އެފެއަރޒްގެ
މަޤާމަށް އައިޝަތު އާޒިމާ ޝަކޫރް ޢައްޔަން
ކުރައްވައިފިއެވެ. ކުރިން
ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ އާޒިމާ ޝަކޫރް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ލީގަލް ކޮންސަލްޓެންޓްއްގެ
ގޮތުގައެވެ.





މީގެއިތުރުން
ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު 3 ބޭފުޅަކު އައްޔަންކުރެއްވިއެވެ. މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއަރޒް ކަމުގެ މަޤާމަށް
ހަމަޖެެއްސެވީ، ޣައްސާން މައުމޫނެވެ.



މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޓަލް އެފައަރޒް ކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އަލްއުސްތާޛް މުޙައްމަދު މުޖުތާޒެވެ.



މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ރިލޭޝަންސްގެ މަޤާމަށް އައްޔަން ކުރެއްވީ،
އަލްފާޟިލް މުހައްމަދު ލުވެއިޒެވެ. 

މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އެއަށްފަހު މަޤާމުގެ އިޤްރާރްގައި 4 ބޭފުޅުންވެސް ސޮއި ކުރައްވާފައިވެއެވެ.