ވިޔަފާރި

އަޔާދީ ތަކާފުލްގެ ދަތުރުވެރިންގެ ޕްލޭނަށް ކޯވިޑު ކަވަރޭޖް އިތުރުކޮށްފި


އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ދަތުރުވެރިންނަށް ޚާއްސަ "ޓްރެވެލް ތަކާފުލް"އަށް ކޯވިޑް-19ގެ ކަވަރޭޖް އިތުރުކޮށްފިއެވެ.

މިއީ މިހާރުވެސް ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މެދުގައި މަޤްބޫލު ޕްލޭނެއްކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ. އެގޮތުން މިޕްލޭންގެ ދަށުން އަގުބޮޑު މުދާ އަދި ޕާސްޕޯޓް ފަަދަ މުހިންމު ލިޔެ ކިޔުންތަކަށް ލިބޭ ގެއްލުުމާއި ކުއްލިއަކަށް ބޭނުންވާ ސިއްހީ ފަރުވާތަކަށް ކަވަރޭޖް ލިބޭނެކަމަށް އެލައިޑުން ފާހަގަ ކުރެއެވެ. އަދި މިއިތުރުވި ކޯވިޑު ކަވަރޭޖާއެކު މިޕްލޭން ވެގެންދާނީ، ނިއު ނޯމަލްގެ ތެރެއިން ޢާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އެންމެންވެސް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަން ހަނދުމަކޮށްދޭ ޕްލޭނަކަށް ކަމަށް އެލައިޑުން ބުނެއެވެ.

ދަތުރުވެރިންގެ އެކި ބޭނުންތަކަށް ފުދޭނެހެން ފަރުމާކޮށްފައިވާ ޓްރެވަލް ތަކާފުލްއަށް އިތުރުކޮށްފައިވާ ކޯވިޑު ކަވަރޭޖުގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަމެއް ކަށަވަރުވާކަމަށް އެލައިޑުން ފާހަގަ ކުރެއެވެ.

އަލަށް ހިމަނާފައިވާ ޙާލަތްތަކުގެ ތެރޭގައި، ދަތުރު ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޓް ވާން ޖެހިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަށްދާ ޚަރަދު، ކޯވިޑުގެ ބަލިމަޑުކަމުގެ ތެރެއިން އިމަރޖެންސީ ސިއްޙީ ފަރުވާ ބޭނުންވެއްޖެނަމަ އެކަމަށް ދާ ޚަރަދު ހިމެނެއެވެ. އަދި މީގެ އިތުރުން އެކަށީގެންވާ ސިއްޙީ ފަރުވާ ލިބެންނެތް ތަނެއްގައި ދަތުވެރިޔާ ހުންނަ ހާލަތެއްގައި، މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތަށްވެސް ޓްރެވަލް ތަކާފުލްގެ ކޯވިޑު ކަވަރޭޖުގެ ތެރެއިން ބަދަލު ލިބޭނެކަމަށް އެލައިޑުން ބުނެއެވެ.

މި ޕްލޭން ފަރުމާ ކުރެވިފައިވަނީ ދަތުވެރިންނަށް ފަސޭހަކަމާއި އެކު، އޮންލައިންކޮށް މައިއެލައިޑް.އެމްވީ ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯދޭ ގޮތަށް ކަމަށްވެސް އެލައިޑުން ބުނެއެވެ.