ބިލީ ޖީންސް ކިންގްސް ކަޕްގައި ރާއްޖޭގެ އަންހެނުންގެ ޓެނިސް ޓީމުން ކެންބޯޑިއާ ބަލިކޮށްފިއެވެ.
ސްރީލަންކާގައި މިހާރު ކުރިއަށްދާ ޖޫނިއަރ ޑޭވިސް ކަޕާއި ޖޫނިއަރ ބިލީ ޖީންސް ކިންގްސް ކަޕްގައި ރާއްޖޭގެ 6 ޓެނިސް ކުޅުންތެރިން ވާދަކުރެއެވެ.
ޖޫނިއަރ ޑެވިސް ކަޕްގައި ވާދަކުރާ ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު ނާޒިމް ޝާހިދު، ރައުދަކް މައުމޫން އަދި މުހައްމަދު ކައިޝަން އިއްޒަތު ރަޝީދެވެ. ފިރިހެނުންގެ ޓީމުގެ ކޯޗަކީ ކުމާރު އަތިކަރިއެވެ. ޖޫނިއަރ ބިލީ ޖީންސް ކިންގްސް ކަޕްގައި ވާދަކުރާ އަންހެން ކުޅުންތެރިންނަކީ އާރާ އާސަލް އާޒިމް، ނަޔާރާ އުސްމާ ޢަލީ އަދި ލުލާ ބިންތި ޙަސަން ޢަރީފެވެ. އަންހެން ޓީމްގެ ކޯޗަކީ ޝަންކަރެވެ.
ފުރަތަމަ ދުވަހުގެ ކުޅުން އިއްޔެ ނިމިފައިވާއިރު، ރާއްޖޭގެ އަންހެން ޓީމްވަނީ 3-0 ކެންބޯޑިއާ ބަލިކޮށްފައެވެ. މިމުބާރާތުގެ ޕްރީ ކޮލިފިކޭޝަންގެ ޓީމް އިވެންޓްގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ އާރާ އާޒިމްވަނީ 6-1 އަދި 6-1އިން ކެންބޯޑިއާ ކުޅުންތެރިން ބަލިކޮށްފައެވެ. ނަޔާރާ އުސްމާން ޢަލީވެސްވަނީ 6-4 އަދި 6-1އިން ކެންބޯޑިއާގެ ކުޅުންތެރިޔާ ބަލިކޮށްފައެވެ. އަދި ޑަބަލްސް މެޗްގައި ރާއްޖޭގެ އާރާ އާޒިމާއި ލޫލާ ހަސަން އަރީފްގެ ޕެއަރއިންވަނީ 7-9 އަދި 6-1އިން ކެންބޯޑިއާގެ ކުޅުންތެރިން ބަލިކޮށްފައެވެ.
ޖޫނިއަރ ޑެވިސް ކަޕްގެ ޕްރީ ކޮލިފިކޭޝަންގެ ފުރަތަމަ ދުވަހުގެ ކުޅުން ކުރިއަށްދިޔައިރު، ރާއްޖޭގެ ފިރިހެން ޓީމްވަނީ ނޭޕާލް އަތުން ބަލިވެފައެވެ. ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ރުދަކް މައުމޫން ބަލިވެފައިވަނީ 2-6، 7-6 އަދި 6-3އިންނެވެ. ނާއިގް ޝާހިދު ބަލިވެފައިވަނީ ނޭޕާލްގެ ކުޅުންތެރިޔާއާއި ވާދަކޮށް 6-0 އަދި 6-3އިންނެވެ. ފުރަތަމަ ޑަބަލްގައި ނާމިގް ޝާހިދާއި ކައިސާން އިއްޒަތު ރަޝީދު ބަލިވެފައިވަނީ 7-6 އަދި 6-1އިންނެވެ.
ޖޫނިއަރ ޑޭވިސް ކަޕާއި ޖޫނިއަރ ބިލީ ޖީންސް ކިންގްސް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދުމަކީ މިފަހަރު ޓީމްގެ ވަރަށް ބޮޑު އަޒުމެކެވެ. ސްރީލަންކާގައި މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 21 އިން 26 އަށެވެ.