ދުނިޔެ

މުބާރަކްގެ ކޮަރަޕްޝަންގެ މައްސަލަ އިސްތިޢުނާފަށް ބަލައެއް ނުގަތް


މިޞްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކާއި އޭނާގެ ދެ ދަރިކަލުންނާއި ދެކޮޅަށް ހުށަހަޅާފައިވާ ޙިޔާނާތުގެ މައްސަލަ އިސްތިޢުނާފަށް ބަލައި ނުގަންނާނެ ކަމަށް މިޞްރުގެ އެޕީލްސް ކޯޓުން ބުނެފިއެވެ.ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ މުބާރާކާއި އޭނާގެ 2 ދަރިކަލުންގެ މައްޗަށް 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ހުސްވި އަހަރުގެ މެއި މަހުއެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 15.96 މިލިއަން އެމެރިކާ ޑޮލަރު ވެސް މި 3 ބޭފުޅުން ދައްކަން ޖެހޭ ކަމަށާއި ދައުލަތުގެ ހަޒާނާއަަށް އެތައް މިލިއަން ރުފިޔާއެއް ދައްކަން ޖެހޭ ކަމަށް މިޞްރުގެ ކޯޓަކުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފައެވެ.މިޞްރުގެ ކުރީގެ ރައީސް މުބާރާކާއި ދެކޮޅަށް މީގެ ކުރިން ކޮށްފައިވާ ބައެއް ތުހުމަތުތައް މިހާރު ދައުލަތުން އަނބުރާ ގެންގޮސްފައިވާ އިރު، މިޞްރުގެ މިހާރުގެ ސަރުކާރުން މުބާރާކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ފަސް ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.