ދީން

ބަންގި ގޮވާގަޑީ ލަވަ ޖަހާނަމަ ސައުދީގައި ބޮޑު ޖޫރިމަނާއެއް


މިސްކިތްތަކުން ނަމާދަށް ގޮވާ ވަގުތު އެއްވެސް ތަނެއްގައި މިއުޒިކް ކުޅެ ނުވަތަ ޖަހާ ނަމަ އެތަނެއްގެ ވަގުތުން ޖޫރިމާނާ ކުރުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

އެޤައުމުން ބުނީ ނަމާދަށް ގޮވާވަގުތު އެއްވެސް ތަނެއްގައި މިއުޒިކް ކުޅެ ނުވަތަ ލަވަ ޖެހުމަކީ މަނާކަމެއްކަމަށެވެ. އަދި މިގޮތަށް އަމަލުކުރާ މީހުން ވަގުތުން 1000 ރިޔާލުން ޖޫރިމަނާކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މި ކުށް ތަކުރާރުކުރާނަމަ ކުރާ ކޮންމެ ފަހަރަކު 2000 ރިޔާލުން ޖުރީމަނާ އިތުރުކުރާނެކަމަށްވެސް ސައުދީން ބުނެއެވެ.

ސައުދީގައި ނަމާދު ވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދީ ގިނަ ފިޔަވަޅުތައް އަޅާފައިފައި ހުރެއެވެ. މިގޮތުން ނަމާދަށްް ގޮވުމުން ފިހާރަތައް ބަންދުކުރަންޖެހޭއެވެ. އަދި އެ ގަޑީގައި ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި ސަރުކާރުގެ ބައެއް އިދާރާތަކުގައިވެސް ނަމާދު ވަގުތުން ޖެހުމުން ތަނުގެ އެތެރޭގައި ނަމާދުކުރެވޭނެ އިންތިޒާމުތައްވެސް ބައެއް އޮފީސްތަކުގައި ހުންނަނީ ހަމަޖައްސާފައެވެ.