ޚަބަރު

އައްޑޫ ސިޓީގެ ފަޅުގެއެއްގެތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ


އައްޑޫ ސިޓީގެ ފަޅުގެއެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫ ފަޅުގެއެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނިފައިވަނީ ފުވައްމުލައް ސިޓީ ހިތަށްފިނިވާނެއަށް ނިސްބަތްވާ ޢުމުރުން 40 އަހަރުގެ ޢަލީ އިބްރާހީމްކަމަށެވެ.

ފުލުހުން ވަނީ މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް އައްޑޫ އީކުއޭޓޯރަލް ހޮސްޕިޓަލާ ޙަވާލާދީ ވިދާޅުވެފައެވެ.

މިމީހާ ފެނުނީ މިއަދު ހެނދުނު 10:14ހާއިރުއެވެ. މިމައްސަލަ އިތުރަށް ތަޙުގީގުކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.