ޚަބަރު

ސިނަމާލޭ ބްރިޖުގައި ދުއްވާފައި ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ


ސިނަމާލޭ ބްރިޖުމަތީގައި ދުއްވަމުންދިޔަ ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު 09:49 ހާއިރު މިޙާދިސާގެ ރިޕޯޓުކުރުމާ ގުޅިގެން ފަޔަރ އެންޑް ރެސްކިޔު ޓީމުން އެސަރަޙައްދަށް ދިޔައިރު ތެޔޮ ބައުޒަރު ދުއްވަންހުރި ޑްރައިވަރު އަލިފާން ނިއްވާލާފައިވާކަމަށެވެ. މިޙާދިސާ ހިންގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މިޙާދިސާގައި ތެޔޮ ބައުޒަރަށް ލިބުނު ގެއްލުންވެސް އެފަރާތުން ހާމައެއް ނުކުރައްވައެވެ.