ދުނިޔެ

އުތުރު ކޮރެޔާގެ ވަރުގަދަ އިންޒާރުތަކެއް ދެކުނު ކޮރެޔާއަށް !


އުތުރު ކޮރެޔާއާ ދެކޮޅަށް ދެކުނު ކޮރެއާއިން ބްރޯޑްކާސްޓް ކުރަމުންދާ ޕްރޮޮޕަގެންޑާގެ ސަބަބުން ދެ ގައުމު ހަނގުރާމައިގެ ތުންފަތް މައްޗަށް ވެއްޓިފައިވާ ކަމަށް އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ.ހުސްވި ހަފްތާގައި އުތުރު ކޮރެއާއިން ހައިޑްރޮޖަން ނިއުކްލިޔަރ ޓެސްޓެއް ކުރިކަން އިއުލާނުކުރުމާ ގުޅިގެން ދެކުނު ކޮރެއާއިން ވަނީ އެގައުމާ ދެކޮޅަށް ޕްރޮޕަގެންޑާ ބްރޯޑްކާސްޓްތައް ފޮނުވަމުންނެވެ. ދެކުނުން މިފަދަ ބްރޮޑްކާސްޓްތައް ޢާއްމުކޮށް ގެނެސްދެނީ ދެގައުމު ހިއްސާކުރާ ސަރަހައްދީ ރޮނގުކައިރީގައި ހަރުކޮށްފައިވާ އަޑުގަދަ ކުރާ ތައް ބޭނުންކޮށްގެންނެވެ.މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ދެކުނު ކޮރެޔާއިން މިގޮތަށް ޢަމަލުކުރި އިރު، އެފަހަރު ދެ ގައުމުން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ހަމަލާތައް ބަދަލުކޮށްފައެވެ.އުތުރު ކޮރެޔާގައި އިއްޔެ ބޭއްވި ހިނގާލުމެއްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ޕްރޮޕަގެންޑާ ޑިޕާޓްމަންޓްގެ އިސްވެރިޔާ ކިމް ކީ ނާމް ވިދާޅުވީ، އުތުރު ކޮރެއާއިން ނިއުކްލިޔަރ ޓެސްޓެއް ކުރުމުން އެމެރިކާއާއި އެގައުމަށް ވާގިދޭ ގައުމުތަކުން އެކަމާ ހަސަދަވެރިވާ ކަމަށާ އެފަދަ ފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަނގުރާމައެއް ފެށުމާ ގާތަށް މައްސަލަ ހޫނުވެފައިވާ ކަމަށެވެ.ހުސްވި ހަފްތާގައި އުތުރު ކޮރެއާއިން ކުރި ނިއުކްލިޔަރ ޓެސްޓްގެ ސަބަބުން އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އދގެ ސަލާމަތީ މަޖިލީހުން ވަނީ ބުނެފައެވެ.