ވިޔަފާރި

މެގަމޯލްޑިވްސްއަށް އިތުރު 4 މަތިންދާބޯޓް ގެންނަނީ


މިއަހަރުތެރޭ
އިތުރު ހަތަރު މަތިންދާބޯޓު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ
އެއާރލައިނެއްކަމަށްވާ މެގަމޯލްޑިވްސްއިން ހާމަކޮށްފިއެވެ.



މެގަ
މޯލްޑިވްސްގެ ކެބިން ކުރޫއިން ތަމްރީން ކުރުމުގެ 13 ވަނަ ބެޗްގެ ބައިވެރިންނަށް
ސެޓްފިކެޓް ދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެއަރލައިންގެ
ޑިރެކްޓަރ އޮފް ސްޓެރެޓެޖީ އެންޑް ޑިވެލޮޕްމަންޓް މިފްޒާލް އަހުމަދު ވިދާޅުވީ މިއަހަރު
ތެރޭ އިތުރު ފްލައިޓްތަކެއް އެކުންފުނީގެ ފްލީޓަށް އިތުރުކުރުމަށް މަސައްކަތް
ކުރަމުން އަންނަކަމަށާއި މިކަން ހަމަޖެހިގެން ދިއުމުން ވަޒީފާތަކަށް އިތުރު ފުރުސަތު
ހުޅުވާލާނެކަމަށެވެ.



އެގޮތުން
މިއަހަރު އިތުރު 50 ވަޒީފާ އުފައްދާ ދިވެހިންނަށް މި ވަޒީފާތައް ޚާއްސަ ކުރާނެކަމަށްވެސް
މިފްޒާލް ވިދާޅުވިއެވެ.



މިހާރު ޗައިނާ އާއި
ޖިއްދާއަށް ދަތުރުކުރަމުންދާ މެގަމޯލްޑިވްސްއިން މިއަހަރު ތެރޭ އިތުރު
މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް މިފްޒާލް ވިދާޅުވިއެވެ.