ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކުއަރޓަރ ފައިނަލާ ގާތަށް ސިޓީ


ޗެމްޕިއަންސް ލީގުގެ ކުއަރޓަރ ފައިނަލާ ގާތަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ. ކުއަރޓަރ ފައިނަލާ ގާތަށް ސިޓީ ޖެހިލީ ރަށުންބޭރުގައި ސްޕޯޓިން ލިސްބަންއާ ވާދަކޮށް 5-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ސިޓީ މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރު ފަށާފައި ވަނީ އެޓީމުގެ އަސްލު ސްޓައިލުގައެވެ. ރަށުންބޭރުގައި ކުޅެން ޖެހުނު ނަމަވެސް ތަފާތު ކުޅުމެއް ދައްކައި ނަތީޖާ ނެރުނީ ދެ ވަނަ ލެގަށްދާއިރު، އިތުބާރާއެކު ނުކުމެވޭ ވަރަށް ޔަޤީކަމާއެކުގައެވެ.

ސިޓީން ފުރަތަމަ ހާފު ނިންމާލީ ވެސް ހަތަރު ގޯލުގެ ލީޑަކާ އެކުގައެވެ. ރިޔާދު މަހުރޭޒް ފުރަތަމަ ގޯލު ޖެހިއިރު، ހާފު ނިމުމުގެ ކުރިން ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ދެ ގޯލާއި ފިލް ފޯޑެން ވަނީ ލަނޑެއް ޖަހައިފައެވެ. ދެ ވަނަ ހާފުގައި ސިޓީގެ ހަމައެކަނި ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަހީމް ސްޓާލިންއެވެ.