ދުނިޔެ

ސަޢޫދީން ޔަމަނަށް ދޭ ހަމަލާތަކާ މެދު އދ. އިން ކަންބޮޑުވެއްޖެ


ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ ސަޢުދީ ޢަރަބިއްޔާއިން ޔަމަނަށް ދެމުންދާ ވައިގެ ޙަމަލާތައް އެގައުމުގެ ޢާއްމުން އުޅޭ ސަރަހައްދުތަކަށް އަމާޒުވަމުންދާތީ، އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.  އދގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންއާ ހަވާލާދީ އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިޗް ވިދާޅުވީ، ސަޢޫދީން ޔަމަނަށް ދޭ ޙަމަލާތައް އެގައުމުގެ މަދަނީ އިމާރާތްތަކަށް އަމާޒުވަމުންދާ މައްސަލައާ މެދު އދގެ ސެކްރެޓަރީ ޖެނެރަލް  ކަންބޮޑުވެވަޑައިގަންނަވާކަމަށާ މިފަދަ ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޔަމަނުގައި ނުރައްކާތެރި ކްލަސްޓަރ ބޮން ވެސް ބޭނުންކޮށްފައިވާ ކަމުގެ ރިޕޯޓްތައް އދގެ ސެކްރެޓަރީ ޖެނެރަލަށް ލިބިވަޑައިގެންފައިވާ ކަމަށް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.މިދިޔަ ބުރާސްފަތި ދުވަހު ޔަމަނުގެ ވެރިރަށް ސަންޢާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ސަޢޫދީ ދިން ކްލެސްޓަރ ބޮމުގެ ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.