އަތޮޅުތައް

ފިޝަރީޒް މިނިސްޓަރު އައްޑޫގެ މަސްވެރިންނާއި ބައްދަލުކުރައްވައިފި


އައްޑޫ ސިޓީ މަރަދޫ، ފޭދޫ އަދި ހިތަދޫގެ މަސްވެރިންނާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލް ޑރ. މުހައްމަދު ޝައިނީ މިއަދު ބައްދަލްކުރައްވައިފިއެވެ.މިއަދު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ކުރިއަށްދިޔަ މި ބައްދަލްވުމުގައި ގިނަ އަދަދެއްގެ މަސްވެރިންވެރިންނާއި އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ.މަސްވެރިންނަށް އަމާޒްކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ މައުލޫމާތު މަސްވެރިންނާއި ހަމައަށް ފުރިހަމައަށް ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް، މި ބައްދަލްކުރެއްވުމަށްފަހު މީޑިއާ އާއި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވިއެވެ.