ޙާލަތު ގޯސްވެފައިވާ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތަކުގައި ހިނގި ހަމަނުޖެހުމެއްގައި ގުރީސަށް ނިޞްބަތްވާ ބަޔަކު މަރުވެއްޖެއެވެ.
ގުރީސްގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމަށް ނިޞްބަތްވާ ދެ މީހުން މަރުވެ އިތުރު ދެ މީހަކު ވަރަށް ބޮޑު ޒަޚަމުވެފައިވާކަމަށެވެ. އަދި ގުރީސަށް ނިޞްބަތްވާ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ ޔޫކްރެއިންގެ ސިފައިން ދިން ޙަމަލާއެއްގައިކަމަށާއި އެ ޙާދިޘާ ހިނގާފައިވަނީ ޙާލަތު ގޯސްވެފައިވާ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތަކުގައިކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ. އަދި އެ ހަމަނުޖެހުން ހިނގާފައިވަނީ ބޭކާރު ކަމެއްގައި ކުރި ޒުވާބެއްގެ ތެރެއިންކަމަށާއި މަޞްރަޙް ގޯސްވެފައިވާ ސަރަހައްދަކަށް ގުރީސްގެ ރައްޔިތުންތަކެއް ދިޔަ ސަބަބެއް ނޭނގޭކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އެހެންކަމުން ޔޫކްރެއިންގައި ތިބި ގުރީސަށް ނިޞްބަތްވާ ހުރިހާ ރައްޔިތުން އަވަހަށް އެ ޤައުމު ދޫކޮށް ދިޔުމަށްވެސް އެ ވުޒާރާއިންވަނީ އިލްތިމާޞްކޮށްފައެވެ.
ޔޫކްރެއިންގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތާއި އެ ނޫންވެސް ގިނަ ޢަދަދެއްގެ ހުޅަނގުގެ ޤައުމުތަކުންވަނީ ޔޫކްރެއިންގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުން އަނބުރާ ޤައުމަށް އައުމަށް އިލްތިމާޞްކޮށްފައެވެ.