ގައުމީ ބާސްކެޓް ލީގުގެ ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗް ވުލްސް ބާސްކެޓް ބޯލް ކުލަބް ކާމިޔާބުކޮށްފިއެވެ.
ކޯވިޑް-19އާއި ގުޅިގެން ބާސްކެޓް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު މިއަހަރުގެ ބާސްކެޓް ސީޒަން ފަށާފައިވަނީ ގައުމީ ބާސްކެޓް ލީގުންނެވެ. ކޯވިޑް-19އާއި ގުޅިގެން ފާއިތުވެގެންދިޔަ ދެ އަހަރު ބާސްކެޓްގެ ޤައުމީ ލެވެލްގެ އެއްވެސް ޙަރަކާތެއް ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. ރޭ ފެށި ގައުމީ ބާސްކެޓް ލީގުންގެ ދެވަނަ ޑިވިޝަންގެ ފުރަތަމަ ބުރުގެ ފުރަތަމަ މެޗް ވުލްސް ބީސީ ކާމިޔާބުކުރީ ވައިކިންސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 48 ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 96 ޕޮއިންޓް 48 ޕޮއިންޓުންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވުލްސް ބީސީގެ ޝަހުދާން އާމިރެވެ. މިމުބާރާތުގައި މިއަދު ދެ މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. 15ވަނަ ޤައުމީ ބާސްކެޓް މުބާރާތް ރޭ ފަށާފައިވާއިރު، ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރާ 39 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ކުޅުން ލީގަށް ފަހު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައި އަދި އަންހެންބައިގައި 6 ޓީމް ވާދަކުރާއިރު، ދެވަނަ ޑިވިޝަނެއްގައި 21 ޓީމެއް ވާދަކުރާނެއެވެ. 2 ވަނަ ޑިވިޝަންގައި ހިމެނޭ 21 ޓީމު ވަނީ 9 ގްރޫޕަކަށް ބަހާލާފައެވެ. ލީގުގެ ދެ ވަނަ ޑިވިޝަންގެ 2 ވަނަ ބުރުގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެވެސް ގަދަ 3 ޓީމެވެ.
އެންމެ ފަހުން 2020 ވަނަ އަހަރު އަހަރު ބޭއްވި 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގާއި 38 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކިންގްސް ބީސީއެވެ. އަދި ދެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުއީންސް ބީސީއެވެ.