ޚަބަރު

އަރަބިއްޔާ ހުރި ބިމުގައި އަޅާ ފްލެޓްތައް މިމަހު ނިމޭނެ


ކުރީގެ ޢަރަބިއްޔާ ސްކޫލް
ހުރި ބިމުގައި ޓާޓާ ކުންފުނިން އަޅާ ފްލެޓްތައް މި މަހު ނިންމި، ފްލެޓް ދިނުމަށް ކަނޑައެޅިފައިވާ ފަރާތާއި ޙަވާލުކުރެވޭނެކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



މީގެ 4
އަހަރުކުރިން އިންޑިޔާގެ ޓާޓާ ކުންފުނިން މަސައްކަތް ފެށި ފްލެޓްތަކުގެ މަސައްކަތް
ބާރު ސްޕީޑްގައި ކުރިއަށް ދާތާ މިހާރު ވަނީ 6 މަސްދުވަސް ވެފައެވެ. ފުރަތަމަ
މަސައްކަތް ކުރެއްވީ މި ނިމުނު ޑިސެމްބަރު މަހުގެ ނިޔަލަށް ފްލެޓްތައް ނިންމެވުމަށެވެ.
ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޓާޓާ ކުންފުނިން
ޢަރަބިއްޔާ ހުރި ޢިމާރާތުގައި އަޅާ ފްލެޓާއި، ގާކޮށީގައި އަޅާ ފްލެޓްތަކުގެ
މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ.



"ހަތަރު
ވަރަކަށް އަހަރުވެއްޖެ ފްެލެޓް ގެ މަސައްކަތް ފެށިތާ. ދިމާވި އެކި ސަބަބުތަކާހުރެ
މަސައްކަތް މަޑުޖެހި އަދި ރަނގަޅަށް މަސައްކަތް ފެށުނީ ރައީސް ޔާމީންގެ
ވެރިކަމުގައި. މިހާރު މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ" މިނިސްޓަރ
މުއިއްޒު ވިދާޅުވިއެވެ.



ޓާޓާ ކުންފުނިން ޢަރައްބިއްޔާ
ސްކޫލް ކުރިން ހުރި ބިމުގައި އަދި ގާކޮށީގައި އަޅާ ފްލެޓްގައި ހުންނާނީ ދެ
ފާޚާނާއާއިއެކު 3 ކޮޓަރީގެ އެޕަޓްމަންޓެވެ.



މިހާރު މަސައްކަތް
ކުރިއަށްދާ ފްލެޓްތަކުގެ އިތުރުން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގައިވެސް ފްލެޓް
އެޅުއްވުމަށް ވަނީ އެއްބަސްވެފައެވެ. އެތަންތާގައި އަޅުއްވަން
ކަނޑައަޅުއްވާފައިވާ ފްލެޓްތަކުގެ ކުރެހުން މިހާރު ފައިނަލްވެފައިވާ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.



އަރަބިއްޔާ އާއި ގާކޮށި
ބިމުގައި ހަދާ 280 ފްލެޓަކީ ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ފްލެޓްތައް
ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ ފްލެޓްތަކެކެވެ.