ޚަބަރު

މާފުށީ ޖަލުގެ ކޯވިޑްޙާލަތު ރަނގަޅުވުމުން، ޖަލު ޢާންމު ޙާލަތަށް


ކޯވިޑްގެ ޙާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލިހާލަތަށް ގެނައިތާ 28 ދުވަސް ފަހުން ޖަލުގެ ހާލަތު އާންމު ހާލަތަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަނުން ވިދާޅުވީ މާފުށީ ޖަލުގައި ކޯވިޑް-19 ބަލި ފެތުރުން ހުއްޓުވި، ކޯވިޑަށް ޕޮޒިޓިވް ހުރިހާ ގައިދީން މިހާރު ބަލިން ފަސޭހަވެފައިވާކަމަށެވެ. މިއާއެކު ޖަލުގެ ޙާލަތު މިހާރު ވަނީ ޢާންމު ޙާލަތަށް ގެނެސްފައެވެ.

ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އައު ޢާންމު ޙާލަތާ ގުޅިގެން އެކުލަވާލާފައިވާ އުޞޫލާ އެއްގޮތަށް ކަމުގައި ކަރެކްޝަނުން ވަނީ ވިދާޅުވިއެވެ.

މާފުށި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 272 ގައިދީ އަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ވަނީ ކޯވިޑް ފެސިލިޓީގައި ފަރުވާދީފައެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވި އެކި ހާލަތްތަކުގައި ޖަލުގައި ތިބި ގައިދީގެން ތެރެއިން ހައިރިސްކު ގައިދީން ވަގުތީގޮތުން ގެއަށް ބަދަލު ކުރުމާއި، ޖަލުކުއްލި ހާލަތަށް ގެނެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ ނަންބަރުތައް އުފުލުމަށްފަހު، މިހާރުދަނީ ނަންބަރުތައް މަޑުމަޑުން ތިރިވަމުންނެވެ.