ޚަބަރު

އެމް.ޑީ.އެފް.އެމްގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައިފި


ރާއްޖޭގެ މީޑިއާ ތަރައްޤީކޮށް ނޫސްވެރިންގެ ޙައްޤުގައި މަސައްކަތްކުރުމަށް މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަން މޯލްޑިވްސް (އެމް.ޑީ.އެފް.އެމް) ގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައިފިއެވެ.އެ ފައުންޑޭޝަންގެ ޗެއަރމަނަކަށް އިންތިޚާބުކޮށްފައިވަނީ، ސަން އޮންލައިންގެ ޗީފް އެޑިޓަރު އަޙުމަދު ޒާހިރެވެ. އެ ފައުންޑޭޝަންގެ ކޯ ޗެއަރއަކީ ޢަލީ ޝަމްޢާނެވެ. ޚާޒާންދާރަކަށް އިންތިޚާބުކޮށްފައި ވަނީ ދިޓީވީގެ އެޑިޓަރު އަދި ސީއީއޯ މިދުޙަތު އާދަމެވެ. ސެކްރެޓަރީ ޖެނެރަލްއަކަށް އެމްވީ ޓީވީގެ ޑިރެކްޓަރު އިބްރާހީމް މުހައްމަދު އިންތިޚާބުކޮށްފައިވާއިރު ސެކްރެޓަރީއަކަށް އިންތިޚާބުކޮށްފައި ވަނީ ދިޓީވީގެ ނޫސްވެރިޔާ މަރިޔަމް ޝައުޝަތު އެވެ.ސަން މީޑިއާ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މި ފައުންޑޭޝަންގެ ޗެއަރމަން އަޙުމަދު ޒާހިރު ވިދާޅުވީ ފައުންޑޭޝަނުން މަސައްކަތްކުރާނީ ނޫސްވެރިން ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލައި ރާއްޖޭގެ މީޑިއާ ތަރައްޤީކުރަން އެހީވެދޭން ކަމަށެވެ.ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ފްރީލާންސްގެ ގޮތުގައި ނޫސްވެރިކަން ކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ތަނަވަސްކޮށްދީ އެހީތެރިކަން ފޯރުވައިދިނުމަށް މަސައްކަތް ކުރުމަކީ ވެސް ފައުންޑޭޝަންގެ މަޤްސަދެއް ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.