ކުޅިވަރު

ބާސެލޯނާ އާއި އެޓްލެޓިކޯ ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި އެންމެފަހުގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށްފިއެވެ. ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 4 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީ އެޓްލެޓިކޯއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޔަނިކް ކަރެސްކޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ބާރސާގެ ޖޯޑީ އަލްބާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗްގެ 21 ވަނަ މިނެޓްގައި ގާވީ ވަނީ ލަނޑެއް ޖަހައި ބަރސާއަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހަފް ނިމުމުގެ ކުރިން ރޮނާލްޑޯ އަރައުހޯ ޖަހައިދިން ލަނޑާއެކު ބާރސާއިން ވަނީ އެޓީމުގެ ލީޑު ފުޅާވެސް ކޮށްފައެވެ. ބާރސާއިން ދެވަނަ ހާފް ފެށީވެސް ފުރަތަމަ ހާފް ނިންމާލިހާ ފޯރީގައެވެ. މިގޮތުން މެޗުގެ 49 ވަނަ މިނެޓްގައި ޑެނީ އަލްވޭސް ވަނީ ބަރސާގެ ހަތަރުވަނަ ލަނޑު ކަމިޔާބުކޮށްދީފައެވެ. މިމެޗްގައި އެތްލެޓިކޯގެ ދެވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހައިދިނީ ލުއިސް ސުވަރޭޒެވެ. މިމެޗްގެ 69 ވަނަ މިނެޓްގައި އަލްވޭސްއަށް ރަތް ކަޑު ދެއްކުމުން މެޗްގެ ބާކީ ބައި ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިކާމިޔާބީއާއެކު ބާރސާ މިވަނީ ކުޅުނު 22 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެޓްލެޓިކޯ މެދްރިޑް މިވަނީ 36 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ފަހަތަށް ޖެހިލާފައެވެ.