ޚަބަރު

ޕީސީބީގެ ރައީސް އާސިމަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވައިފި


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަންކުރައްވާފައިވާ ޢާސިމް މުޙައްމަދަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސަކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕީސީބީގެ ރައީސަކަށް ޢާސިމް މުޙައްމަދަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ފޮނުއްވީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށެވެ. ޕީސީބީގެ ރައީސްކަމަށް ޢާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.

ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ.

ޕީސީބީގެ ބޯޑުގައި ޢާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ ޢާއިޝަތު ޝާޒްލީއާއި، ޢަލީ ޝަފީއުއާއި، އަހްމަދު ޝަރީފް ޔޫސުފާއި، ރުޝާހާ އަޙްމްދު ޝަރީފްގެ އިތުރުން ޢަލީ ސުޖާއުއެވެ.

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ވަނީ ކަނޑައަޅުއްވާފައެވެ.