ތަޢުލީމު

ތަޢުލީމީ ދާއިރާގައި މިއަހަރު ރެކޯޑް އަދަދަކަށް ދިވެހި ޓީޗަރުން


ދިރާސީ
އަހަރު ފެށޭއިރު 100 އަށްވުރެން
ގިނަ ދިވެހި ޓީޗަރުން ތަޢުލީމީ ދާއިރާއާއި އަލަށް ގުޅޭނެކަމަށް އެޑިޔުކޭޝަން
މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ
ސްކޫލްތަކުގައި ކިޔަވައިދޭއްވާ  ދިވެހި
ޓީޗަރުންގެ ޢަދަދު އިތުރުކޮށް، ބިދޭސީ ޓީޗަރުންގެ ޢަދަދު މިހާތަނަށް އެއްވެސް
އަހަރަކު މަދުނުކުރެވޭ މިންވަރަށް މި ފެށޭ ދިރާސީ އަހަރު ފާހަގަ ކުރެވޭ މިންވަރަށް ބިދޭސީ
ޓީޗަރުން މަދުކުރެއްވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.





ދިރާސީ އައު އަހަރަށް
ޓީޗަރުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެޑިޔުކޭޝަން
މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޑރ. އަބްދުލް މުޙްސިން މުޙައްމަދު
ވިދާޅުވީ، މި ފެށޭ ދިރާސީ އަހަރު ރެކޯރޑް ޢަދަދަކަށް ބިދޭސީ ޓީޗަރުން މަދުކުރެއްވުމަށް
މަގުފަހިވެފައިވަނީ، އެކި މަރުކަޒުތަކުން ތަމްރީން ލިބިގެން ގިނަޢަދަދެއްގެ
ޓީޗަރުން ޚިދުމަތަށް ނިކުންނާތީ ކަމަށެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީއާއި،
އިސްލާމިކް ޔުނިވަރސިޓީގެ އިތުރުން އަމިއްލަ ކޮލެޖްތަކުން 112 ދިވެހިން
ތަމްރީނު ވެފައިވާ ކަމަށް ޑރ. މުޙްސިން ވިދާޅުވިއެވެ. މީގެތެރޭގައި ޕްރައިމަރީ އިން ފެށިގެން
ހަޔަރ ސެކަންޑްރީ ފެންވަރަށް އެކި މާއްދާތައް ކިޔަވައިދޭ ޓީޗަރުން ހިމެނެއެވެ.



މުޙްސިން ވިދާޅުވީ ތަމްރީނުވެފައިވާ
ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ކޮންޓްރެކްޓްތައް ހެދުމުގެ
މަސައްކަތް ނިމި، ކުރިއަށްއޮތް ދެތިން ދުވަސް ތެރޭގައި މިއަހަރު އަލަށް
ކިޔަވައިދޭން ފަށާ ދިވެހި ޓީޗަރުންގެ އަދަދު ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.



މުޙްސިން ވިދާޅުވީ
ޓީޗަރުން ހޯދުމުގައި އިސްކަންދެނީ ދިވެހި ޓީޗަރުން ހޯދުމަށް ކަމަށެވެ. މިއަހަރުގެ
ތެރޭގައި ތަޢުލީމީ ދާއިރާ އާއި އަލަށް ގުޅޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން
ލަފާކުރައްވަނީ 90 އެއްހާ ބިދޭސީ ޓީޗަރުންނެވެ.





ނިމިގެންދިޔަ ދިރާސީ އައު އަހަރު ތަޢުލިމީ ދާއިރާގައި 7,400 އަށް ވުރެ ގިނަ ޓީޗަރުން
ޙަރަކާތްތެރިވެފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 5,000  އެއްހާ ދިވެހި ޓީޗަރުންނާއި
2,000 ހެއްހާ ބިދޭސީ ޓީޗަރުންނެވެ.



ދިރާސީ އަހަރުގެ
ކިޔެވުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ބައެއް
ޓީޗަރުން މިހާރު ވަނީ ސްކޫލްތަކަށް ރިޕޯޓްކުރަން ފަށާފައެވެ. މުޙްސިން ވިދާޅުވީ ހުރިހާ
ސްކޫލަކަށް ބޭނުންވާނެ ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ޝެޑިއުލާއެއްގޮތަށް
ކުރިއަށްދާކަމަށެވެ. ދިރާސީ އަހަރުގެ
ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.