ކުޅިވަރު

ކެޕާ މަތަކުރި ޕެނަލްޓީއާއެކު ޗެލްސީ އެފްއޭކަޕްގެ 2ވަނަ ބުރަށް


އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޕްލައިމައުތު އާގައިލާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ މޮޅު ކުޅުމުގެ ސަބަބުން ޗެލްސީ މުބާރާތުގެ ގަދަ 16ވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ގަދ 16އިން ޗެލްސީ ޖާގަ ހޯދާފައިވަނީ ޕްލައިމައުތު އާގައިލާ ދެކޮޅަށް ކުޅުނު މެޗްގައި ޗެލްސީ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗަށް ޗެލްސީ ނިކުތްއިރު، އެޓީމުގެ ކޯޗް ތޯމަސް ޓުޗެލް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވުމުގެ ސަބަބުން އެކަހެރިވާން ޖެހިފައެވެ. މިކަމާއި ގުޅިގެން މިމެޗްގައި ޗެލްސީ ޓީމަށް އިރުޝާދު ދީފައިވަނީ އާނޯ މިޗެލްސްއެވެ. މޮޅުވުން މަޖްބޫރު މެޗަކަށް ވުމުން މިމެޗަށް ޗެލްސީ ނިކުމެފައިވަނީ ވަރަށް ވަރުގަދަ ޓީމަކާއި އެކުއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑްނެގީ ޕްލައިމަތު ޓީމުންނެވެ. މެޗްގެ 8ވަނަ މިނެޓްގައި މިލަނޑު ޕްލައިމައުތަށް ކާމިޔާބުކޮށްދިނީ މަކައުލީ ގިލެސްޕީއެވެ. މިއާއެކު ޗެލްސީއިން ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން މެޗްގެ 41ވަނަ މިނެޓްގައި ޗެލްސީއން ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ސެޒާ އަޒްޕިލިކުއޭޓާއެވެ.

މެޗުން މޮޅުވުމަށް ޗެލްސީއިން މެޗްގެ ދެވަނަ ހާފްގައި ވަރަށް މަސައްކަތް ކުރިއެވެ. އަދި ގޯލެއް ޖެހުމަށްވެސް އެޓީމުން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމުންވެސް 1 ލަނޑު ޖަހާފައިވުމުން ނަތީޖާ ނެރުމަށްވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފައެވެ. ޗެލްސީއިން ލަނޑު ޖެހުމަށް ކުރި މަސައްކަތް އެޓީމަށް ކާމިޔާބުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފްގައެވެ. މެޗްގައި ފުރަތަމަ ފަހަރަށް ޗެލްސީއަށް ލީޑް ނަގައިދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯސް އަލޮންސޯއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފްގައި ޕްލައިމައުތު ޓީމަށް ގޯލެއް ޖެހުމަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިއީ ޗެލްސީގެ ޑިފެންޑަރު މަލަންގް ސާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕްލައިމައުތު ރިޔާން ހާޑީ ފޮނުވާލި ޕެނަލްޓީވަނީ ޗެލްސީ ކީޕަރު ކެޕާ ދިފާޢުކޮށްފައެވެ.