ކުޅިވަރު

ބްރެޒިލް އާއި ޕެރެގުއާއި ބައްދަލުކުރިމެޗް ބްރެޒިލް ކާމިޔާބު ކޮށްފި


ފީފާ ވާރލްދް ކަޕް ކޮލިފައިންގ ދެކުނު އެމެރިކާ ސަރަހައްދުގައި ބްރެޒިލް އާއި ޕެރެގުއާއި ބައްދަލުކުރިމެޗް ބްރެޒިލް ކާމިޔާބުކޮށްފިއެވެ. މިމެޗް ބްރެޒިލް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެޒިލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ބްރެޒިލްއިން ޖަހާފައިވަނީ މެޗްގެ 28 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރަފީނިއާއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހައިދިނީ ފިލީޕޭ ކުޓީނިއޯއެވެ. ތިންވަނަ ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި އެންޓަނީ ޖަހައިދިންއިރު ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ ރޮޑްރިގޯއެވެ.

މިކާމިޔާބީއާއެކު ބްރެޒިލް ވަނީ މިހާތަނަށް ކުޅުނު 15 މެޗުން 39 ޕޮއިންޓް ހޯދާ ދެކުނު އެމެރިކާ ސަރަހައްދުގެ ތާވަލްގެ އެއްވަނައިގައެވެ. ދެކުނު އެމެރިކާ ސަރަހައްދުން މިހާރު މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ދެޓީމަކީ ބްރެޒިލް އާއި އާޖެންޓީނާއެވެ. ބްރެޒިލް ވަނީ 12 މެޗުން މޮޅުވެ 3 މެޗުން އެއްވަރު ވެފައެވެ. އަދި ޕެރަގުއާއި ވަނީ ކުޅުނު 16 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.