ދުނިޔެ

މިއަހަރު ޗައިނާގެ އިޤްތިސާދީ ކުރިއެރުން ދަށްވާނެ - ދިރާސާ


2016 ވަނަ އަހަރު ޗައިނާގެ އިޤްތިޞާދު ހައެއް ޕޮއިންޓް ހަތެއް އިންސައްތަ ކުރިއަރާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.ޗައިނީސް އެކަޑަމީ އޮފް ސައިންސަސްއިން ނެރުނު ދިރާސާއެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރާއި އަޅައި ބަލާއިރު މިއަހަރު ޗައިނާގެ އިޤްތިޞާދަށް 0.2 އިންސައްތައިގެ ހީނަރު ކަމެއް އަންނާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. 2015 ވަނަ އަހަރު ޗައިނާގެ އިޤްތިޞާދަށް 6.9 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.މި ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ މިއަހަރު ޗައިނާގެ ޢާއްމު ވިޔަފާރިން އެޤައުމުގެ ޖީ.ޑީ.ޕީއަށް 4 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އިންވެސްޓްމަންޓްގެ ދާއިރާއިން 2.6 އިންސައްތަ އަދި އިމްޕޯޓް އެކްސްޕޯޓްގެ ވިޔަފާރިން ޖީ.ޑީ.ޕީއަށް 0.1 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ