ޚަބަރު

ޒިޔާދާ ނަޢީމުގެ ޕޯސްޓްމޯޓަމަށްފަހު އެނާގެ ހަށިގަނޑު މާލެ ގެނެސްފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގައި ފަރުވާ ދެމުންދަނިކޮށް މަރުވި ޒިޔާދާ ނަޢީމުގެ ޕޯސްޓްމޯޓަމަށްފަހު އެނާގެ ހަށިގަނޑު ރޭ މާލެ ގެނެސްފިއެވެ.ފިރިމިހާގެ ފަރާތުން ލިބުނުކަމަށް ބުނާ ޖިންސީ އަނިޔާއަކަށް އައި.ޖީ.އެމް.އެޗް.ގެ އައި.ސީ.ޔޫ.ގައި ފަރުވާ ދެމުުންދަނިކޮށް ޒިޔާދާ މަރުވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެއްދުމަށް އިންޑިޔާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފުލުހުން ވިދާޅުވީ ޒިޔާދާގެ ފޯސްޓްމޯޓަމް ހަދާފައިވަނީ މިދިިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި، ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުން އެކަމުގެ މަޢުލޫމާތު އާއްމު ކުރައްވާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ޒިޔާދާއަށް ޖިންސީ  އަނިޔާކުރިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު 4 ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދެއްވާފައިވެއެވެ.