ގިނަ އަހަރުތަކަކަށްފަހު ފަލަސްޠީނަށް ސުނޯވެހެން ފަށައިފިއެވެ.
ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށާއި ޤުދުސްސަށާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އުތުރުގެ ސަރަޙައްދުތަކަށް އެތައް އިންޗިއެއްގެ ބޯމިނަށްވަނީ ސުނޯވެހިފައެވެ. އެއާއެކު އެ ސަރަޙައްދުތަކުގެ މަގުތައް ބަންދުވެ ދަތުރުފަތުރުކުރުން ހުއްޓި ބައެއް ވިޔަފާރިތަކާއި މަދަރުސާތައްވަނީ ބަންދުކުރަން ޖެހިފައެވެ.
އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ކުޑަކުދިންވަނީ ބޭރަށް ނުކުމެ ސުނޯގެ ތެރޭގައި ސަކަރާތް ޖަހައި މަޖާކޮށްފައެވެ. އެއީ އޭގެ ތެރެއިން ގިނަ ކުދިންނަށް އެފަދަ ފުރުޞަތެއް ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.
ފަލަސްޠީނަށް ސުނޯވެހުމުގެ ކުރިން މެޑިޓެރޭނިޔަން ސަރަޙައްދުގައި އޮންނަ ތުރުކީވިލާތާއި ގުރީސްގެ އިތުރުން އުރުދުންނާއި ސޫރިޔާއަށްވެސްވަނީ ބޯކޮށް ސުނޯވެހިފައެވެ.