ޚަބަރު

ޣައްޒާއަށް ވެކްސިންގެ 1 މިލިޔަން ޑޯސް ޔޫއޭއީން ދީފި


ފަލަސްޠީނުގެ ޣައްޒާއަށް ކޯވިޑް-19ގެ ވެކްސިންގެ 1 މިލިޔަން ޑޯސް ޔޫއޭއީން ފޯރުކޮށްދީފިއެވެ.

ޔޫއޭއީން ފޯރުކޮށްދިން 1 މިލިޔަން ޑޯސަކީ ޣައްޒާއަށް މިހާތަނަށް ލިބުނު ވެކްސިންގެ އެންމެ ބޮޑު ޢަދަދެވެ. އެ ގޮތުން ޔޫއޭއީން ފޯރުކޮށްދީފައިވަނީ ރަޝިޔާގައި އުފައްދާފައިވާ ސުޕަޓުނިކް ވެކްސިންގެ 1 މިލިޔަން ޑޯސެވެ. ޣައްޒާގެ ޞިއްޙީ ގިނަ މަޢުލޫމާތުތަކެއް ލިބެން ނެތް ނަމަވެސް ބެލެވޭ ގޮތުގައި 2 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގައި ވެކްސިންގެ 2 ޑޯސް ފުރިހަމަކޮށްފައިވަނީ %31 މީހުންނެވެ.

ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ޣައްޒާގައި ފާއިތުވ 24 ގަޑިއިރުގެ ތެރޭގައި 7،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 2 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ސަރަޙައްދުގައި ޖުމުލަ 500،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި ޖުމުލަ 5،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.