ކުޅިވަރު

ޗެލްސީ އިން ތިން ހަފްތާ ތެރޭ ތިންވަނަ ފަހަރަށް ސްޕަރސް ބަލިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. މިއީ ޗެލްސީއިން ވޭތުވެދިޔަ ތިން ހަފްތާ ތެރޭގައި ޓޮޓްނަމް ބަލިކުރި ތިންވަނަ ފަހަރެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ޗެލްސީގެ ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ޖަހައިދިނީ ހަކީމް ޒިޔެޗްއެވެ. އަދި ދެވަނަ ލަނޑު އޭގެ ހަތް މިނެޓްފަހުން ޖަހާ ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ތިއާގޯ ސިލްވަރއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ސްޕަރސްގެ ހެރީ ކޭން ލަނޑެއް ކާމިޔާބ ކުރި ނަމަވެސް އޭނާ އެލަނޑު ޖެހުމުގެ ތެރޭގައި ސިލްވަރ ކޮށްޕާލާފައިވާތީ އެލަނޑަކަށް ނުބެލިއެވެ. މި ނާކާމިޔާބީއާއެކު ދޭތުވެދިޔަ ދެހަފްތާގައި ޗެލްސީއިން ވަނީ ކަރަބާއޮ ކަޕްގެ ސެމީފައިނަލްގެ ދެލެގުގައިވެސް ޓޮޓްނަމް ބަލިކޮށްފައެވެ. ނަމަވެސް މިއީ ޓޮޓްނަމްގެ ކޯޗް ކަމާއި އެންޓޯނިއޯ ކޮންޓޭ ހަވާލުވިފަހުން ޕްރިމިއަރ ލީގުގައި ޓޮޓްނަމް ބަލިވި ފުރަތަމަ ފަހަރެވެ.

މިކާމިޔާބީއާއެކު ޗެލްސީ އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ޓޮޓްނަމް ވަނީ 20 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ފަހަތަށް ޖެހިލާފައެވެ.