ޚަބަރު

" ވޯކް ޓު ކްލީން "ގެ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް


ހަމަޖެހުމާއި ޞުލްޙަ މަޞަލަސްކަން ޕްރޮމޯޓްކޮށް ތިމާވެށްޓަށް ހޭލުންތެރިކުރުމުގެ ގޮތުން އާރޓިފިޝަލް ބީޗް ސާފު ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.މިއީ މިހާރު ރާއްޖެ އައިސްއުޅޭ ޖަޕާންގެ ކްރޫޒްލައިނަރ " ޕީސް " ބޯޓާއި ރާއްޖޭގައި ޙަރާކާތްތެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާ އެއް ކަމުގައިވާ ޖޫނިއަރ ޗެމްބާސް އިންޓަރނޭޝަނަލް ކާފު އާއި، ގުޅިގެން ހިންގާ ޙަރަކާތެކެވެ. " ވޯލްކްޓް ކްލީން " ގެ ނަމުގައި އާރޓިފިޝަލް ބީޗް ސާފު ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ، މީގެ ދެވަނަ ޕްރޮގްރާމެވެ ޖޭސީއައި ކާފުގެ ވައިސް ޕްރެޒިޑެންޓް ދުމްޔާ އަހްމަދު ބުނީ، ޕީސް ބޯޓުގެ މި ފަހަރުގެ ދަތުރުގައި ޖޭސީއައި އާ ގުޅިގެން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ސާފުކުރުމުގެ ޕްރޮގްރާމް އެކަނި ކަމަށެވެ.މިއަދުގެ ސާފުކުރުމުގެ ޕްރޮގްރާމުގައި ޕީސް ބޯޓުން 20 ފަތުރުވެރިން ބައިވެރިވިއެވެ. މި ދަތުރުގައި އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދު އެއްކޯށް ސާފުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެގައުމުގެ ރައްޔިތުންގެ  ދެމެދުގައި އެކުވެރި ގުޅުމެއް ގާއިމް ކުރުންވެސް މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދުތެރޭގައި ހިމެނެއެވެ. ޕީސް ބޯޓު އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ 2013 ވަނަ އަހަރުއެވެ.