ޚަބަރު

ބާސްކެޓް ސީޒަން ފެށުން ފަސްކޮށްފި


ބާސްކެޓްބޯޅަ ސީޒަން ފެށުން ފަސްކޮށްފިއެވެ. މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ބާސްކެޓްބޯޅަ ސީޒަންގެ ފެށުން ފަސްކުރަން ޖެހުނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓް ނުލިބުމުގެ ސަބަބުންނެވެ. ބާސްކެޓް ލީގް ކުރިން ފެށުމަށް ހަމަޖެހިފައި އޮތީ ފެބުރުއަރީ އެއްވަނަ ދުވަހުއެވެ.

ބާސްކެޓް ބޯޅަ ސީޒަން ފަސްކުރަން ޖެހުނީ ދިވެހިރާއްޖޭގެ ވޮލީ ޓީމާއި، ބަންގްލަދޭޝްގެ ޤައުމީ ވޮލީ ޓީމާ ދެމެދު އަންނަ މަހުގެ 6 އިން 12އަށް ޒުވާނުންގެ މަރުކަޒް އެތެރެ ކޯޓުގައި އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާތީއެވެ. ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމް ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ވޮލީ ޓީމާއެކު އެކުވެރިކަމުގެ ތިން މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ބާސްކެޓް ސީޒަން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އެމްބީ އޭ ކަޕްއިންނެވެ. ނަމަވެސް މިހާރު މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުންވަނީ އެމްބީއޭ ކަޕް ކެންސަލްކޮށްފައެވެ.