ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ސާބިއާގެ ކޯޗު ޑޭވޯ ބާބާ ހަމަޖައްސައިފިއެވެ. ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗެއް ހަމަޖައްސާފައިވަނީ މިއަހަރު އޮންނަ ބައިނަލްއަގްވާމީ ދެ މުބާރާތަކަށް ޓީމް ތައްޔާރުވުމުގެ ގޮތުންނެވެ. ސާބިއާގެ ކޯޗު ޑޭވޯ ބާބާ ގައުމީ އަންހެން ޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ގައުމީ އަންހެން ޓީމްގެ ކޯޗަކަށް ދާއިމީ ކޯޗެއް ނެއްތާ މިހާރުވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. ގައުމީ ޓީމްގެ ފަރިތަކުރުންތައް މިހާރު ކުރިއަށްދާއިރު، މިއަންނަ ހޮނިހިރު ދުވަހު އޮންނަ ޓީމުގެ ފަރިތަކުރުންތަކުގައި ކޯޗް ޑެވޯ ބާބާ ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. ކޯވިޑް-19އާއި ގުޅިގެން ގައުމީ ޓީމްގެ ފަރިތަކުރުންތަށް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވެއެވެ.
ގައުމީ އަންހެން ޓީމްގެ އާ ކޯޗް ޑޭވޯ ބާބާގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ އަންހެން ޓީމް ވާދަކުރާނީ މިއަންނަ މަހު ބާއްވާ އިންވިޓޭޝަނަލް މުބާރާތެއްގައެވެ. ދެވަނަ މުބާރާތަކީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން ސާފް ޗެމްޕިއަންޝިޕް މުބާރާތެވެ.
ގައުމީ ޓީމާއި އަލަށް ހަވާލުވި އާ ކޯޗް ޑެވޯ ބާބާއަކީ ވަރަށް ތަޖްރިބާކާރު ކޯޗެކެވެ. އޭނާވަނީ ބަންގްލަދޭޝްގެ ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗްކަމާއި މޮންގޯލިއާ އާއި އޮމާންގައިވެސް ކޯޗިންގެ އެކިއެކި މަސައްކަތްކޮށްފައެވެ.