ކުޅިވަރު

ބެނިތޭޒް ވަކިކޮށް ރެއާލްގެ ކޯޗްގެ މަޤާމަށް ޒިދާން


ރެއާލްމެޑްރިޑް ކޯޗް ކަމުން ބެނިތޭޒް ވަކިކޮށް އެމަޤާމަށް
ޒިދާން އަށްޔަންކޮށްފިއެވެ. ރަފާ ބެނިތޭޒް މަޤާމުން ވަކިކުރީ ސްޕެނިޝް ލީގުގެ ބޮޑެތި
މެޗްތަކުގައި ރެއާލްއާއެކު ދަށް ނަތީޖާ ތަކެއް ނެރެމުންނެވެ. ބެނިތޭޒް މަޤާމުން
ވަކިކުރިކަން އިޢުލާންކުރަމުން ރެއާލްމެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ
ބެނިތޭޒް ކްލަބަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ޒިދާނަކީ
ރެއާލްމެޑްރިޑްގެ ކޯޗް ކަމަށް މިވަގުތު އެންމެ އެކަށީގެންވާ ފަރާތް ކަމަށެވެ. " މިއަދުން ފެށިގެން ރެއާލްގެ ކޯޗަކީ ޒިދާން. ޒިދާންއަކީ ކުޅުންތެރިއެއްގެ ގޮތުގައި އަދި އެކި ގޮތް ގޮތުން މެޑްރިޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް. ބެނިތޭޒް ކްލަބަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކުރަން. މިއީ އުނދަގޫ ނިންމުމެއް" ފްލޮރެންޓީނޯ ޕެރޭޒް ބުންޏެވެ.ޒިދާން
ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އަދި އެސިސްޓެންޓް ކޯޗްގެ ގޮތުގައި ހުރެ
ރެއާލްމެޑްރިޑާއެކު ޗެމްޕިއަންސް ލީގު ހޯދާފައެވެ. މަޤާމާ ހަވާލުވުމަށް ފަހު
ޒައިނުއްދީން ޒިދާން ބުނީ، އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ރެއާލްއަށް އައި
ދުވަހަށްވުރެ މިއަދު އުފާވާ ކަމަށާއި، ކްލަބާއެކު މިސީޒަނުގައި ކާމިޔާބު ހޯދޭނެ
ކަމަށް އުއްމީދު ކުރާ ކަމަށެވެ. " މާދަމާއިން ފެށިގެން އަހަރެއް މަސައްކަތް ފަށާނަން. މިއީ ހަޔާތުގައި އަިއި އެންމެ އުފާވެރި ދުވަސް. ހުރިހާ ކުޅުންތެރިންގެ ސަޕޯޓާއެކު މިސީޒަނުގައި ކާމިޔާބު ހޯދާނަން" ޒިދާން ބުންޏެވެ.ޒިދާން ސީނިއާ ޓީމްގެ ކޯޗް ކަމުގެ މަޤާމަށް
ހަމަޖެއްސުމުގެ ކުރިން ހުރީ ރެއާލްގެ ޒުވާން ޓީމްގެ  ކޯޗް ކަމުގެ މަޤާމްގައެވެ. ޒައިނުއްދީން ޒިދާން
ވެގެންދިޔައީ ރެއާލްމެޑްރިޑްގެ ހެޑް ކޯޗްގެ މަޤާމާ ހަވާލުވި ފްރާންސަށް ނިސްބަތްވާ
ހަމައެކަނި ކޯޗަށެވެ.