ވިޔަފާރި

އަގުހުރި އިނާމްތަކެއް ހިމެނޭ ލެކިއުޓްގެ ލަކީ ޑްރޯ ޕްރޮމޯޝަނެއް!


އަގު ބޮޑު އިނާމުތަކަކާއެކު "ލެކިއުޓް ނިއު އިޔަރ ލަކީޑްރޯ ޕްރޮމޯޝަން"އެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

އައު އަހަރާއި ގުޅިގެން ލެކިއުޓްއިން ކުރިއަށްގެންދާ ޕްރޮމޯޝަނަކީ 31 ޑިސެމްބަރުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނަކެވެ.

މި ޕްރޮމޯޝަނުގައި ލެކިއުޓް ފިހާރައިން 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިލަކީ ޑްރޯގައި އެއްވަނަ އިނާމަކަށް ލެކިއުޓުން ހުށަހަޅާފައިވަނީ ކްރޮސްރޯޑްސްގެ ފަރާތުން ހުށަހަޅާފައިވާ ދެ މީހަކަށް ހާޑް ރޮކް ހޮޓެލުގައި ދެ ރޭ ހޭދަކުރުމުގެ ފުރުސަތެވެ.

މި އިނާމްގެ އިތުރުން އެއްވަނައަށްދާ ފަރާތަކަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ހުށަހަޅާފައިވާ، އެލައިޑުގެ ހޯމް ކޮންޓެންޓް އިންޝުއަރެންސް ޕްލޭންވެސް ލިބެއެވެ. އަދި ލެކިއުޓްގެ ފަރާތުން ހުށަހަޅާފައިވާ ސެންޓާއި އަދި އެހެނިހެން ސާމާނު ހިމެނޭ އަގުހުރި ގިފްޓް ޕެކެއްވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް ލެކިއުޓުން ހަދިޔާކުރާނެއެވެ.

ލެކިއުޓުން ކުރިއަށްގެންދާ ލަކީ ޑްރޯގެ ދެވަނައަށް ހޮވޭ ފަރާތަކަށް ހޮޓެލް ޖެންގެ ދެ މީހުންގެ ޕޫލް ޕެކޭޖަކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ހުށަހަޅާފައިވާ އެލައިޑުގެ ވައުޗަރާއި އެއްކޮށް ލެކިއުޓް ފަރާތުން ދޭ ސެންޓު އަދި އެހެނިހެން ހަދިޔާތައް ހިމެނޭ އަގުހުރި ގިފްޓް ޕެކްތައް ލިބިގެންދާނެއެވެ.

މި ލަކީ ޑްރޯގެ ތިންވަނައަށް ދާ ފަރާތަކަށް ލެކިއުޓުން ހުށަހަލާފައިވަނީ އެލައިޑު އިންޝުއަރެންސް ވައުޗަރ އަދި ލެކިއުޓުގެ ފަރާތުންދޭ އަގުބޮޑު ސެންޓު ފުޅީގެ އިތުރުން އަގުހުރި ހަދިޔާތަކެވެ.

މި ޕްރޮމޯޝަންގައި ލެކިއުޓުން ހަދިޔާކުރާ ގިފްޓް ޕެކް ތެރޭގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުން އުފައްދައިފާ ތަފާތު އެކި އުފެއްދުންތައްވެސް ހިމެނޭނެއެވެ. އޭގެތެރޭގައި ގަނީ ބިއުޓީ، ކްރާފްޓްސް ސްޓޫޑިއޯ، ޓޮޑީ އިންކް އަދި ފާމުށު ބުޓީކްގެ ތަފާތު އަގުހުރި އުފެއްދުންތައް ހިމެނެއެވެ.

ލެކިއުޓުގެ ފަރާތުން އައު އަހަރަށް ބާއްވާ މި ޕްރޮމޯޝަނުގެ ގުރު ނެގުން އޮންނާނީ ފެބްރުއަރީމަހުކަމަށް ލެކިއުޓުން ބުނެއެވެ.