ކުޅިވަރު

ބަންގްބަންދް ގޯލްޑް ކަޕްގައި ރާއްޖެ ގްރޫޕް ބީގައި


ބަންގްބަންދް ގޯލްޑް ކަޕްގެ ގްރޫޕް ބީގައި ރާއްޖެ ލައްވާލައިފިއެވެ.
ބަންގްލަދޭޝްގައި މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބަންގްބަންދް
ގޯލްޑް ކަޕްގެ ގުރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން ކެމްބޯޑިއާ، ބަހްރެއިންގެ
އިތުރުން މުބާރާތް ބައްވާ ގައުމްކަމުގައިވާ ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމެވެ. ދެ
ގުރޫޕްއަކަށް ބާހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ
ގުރޫޕް އޭގައި ހިމެނެނީ ނޭޕާލް، މެލޭޝިޔާ އަދި ބަންގްލަދޭޝްއާ ސްރީލަންކާއެވެ.
މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ މެޗްގައި
ބައްދަލުކުރާނީ މުބާރާތް ބައްވާ ގައުމްކަމުގައިވާ ބަންގްލަދޭޝްއާ ސްރީލަންކާ އަދި
ދެވަނަ މެޗްގައި ވާދަކުރާނީ ނޭޕާލްއާ މެލޭޝިޔާއެވެ. ގުރޫޕް ބީގެ މެޗްތަށް މިއަންނަ
އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް ބީގެ ފުރަތަމަ މެޗްގައި
ކުޅުމަށް ހަމަޖެހިފައިވަނީ ބަހްރެއިންއާ ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމެވެ. އަދި
އަންނަ ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ރާއްޖެއާ
ކެމްބޯޑިއާއެވެ. މިމުބާރާތުގެ ސެމީ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ
ސަތާރަ އަދި އަށާރަވަނަ ދުވަހުއެވެ. މިމުބާރާތުގައި ވާދަކުރުމަށް ރާއްޖެ
ބަންގްލަދޭޝްއަށް ފުރާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެފްއޭއެމްއިން
މަޢުލޫމާތުދެއެވެ.