ޚަބަރު

ކުޑަކުއްޖަކު ލައްވައި ސިޔާސީ ލަވައެއް ކިޔުއްވި މައްސަލަ ބަލަނީ


މިދިޔަ ނޮވެންބަރ 27 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން ބޭއްވި މުޒާހަރާގެ ތީމްލަވަ ކުޑަކުއްޖަކު ލައްވައި ކިޔުއްވި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައްލަވަން ފަށްޓަވައިފިއެވެ.ފުލުހުން ވިދާޅުވީ ސިޔާސީ ޙަރަކާތެއްގައި ކުޑަ ކުއްޖަކު ބައިވެރިކުރިވި މައްސަލައެއް އެ އިދާރާއިން ބައްވަލަމުން ގެންދަވާކަމަށެވެ. ފުލުހުން ވިދާޅުވީ އެމައްސަލަ ހުށައަޅުއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި  ނިމިދިޔަ އަހަރުގެ ނޮވެމްބަރު 27 ން ފެށިގެން ތިން ދުވަހަށް އެމްޑީޕީއާއި ޢަދާލަތު ޕާޓީ ގުޅިގެން މާލޭގައި ބޭއްވި މުޒާހަރާގައި ބޭނުންކުރި ތީމް ލަވަ ކިޔާފައިވަނީ، މާލޭގެ އަމީނިއްޔާ ސްކޫލްގައި ކިޔަވަމުން އަންނަ ޢުމުރުން 15 އަހަރުގެ ކުޑަކުއްޖެކެވެ.އެ މުޒާހަރާގައި ޤާނޫނާ ޚިލާފް ބައެއް ޢަމަލުތައް ހިންގާފައިވާކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީއާއި ޢަދާލަތު ޕާޓީ ކޮންމެ ޕާޓީއެއް ހަތްދިހަ ފަސްހާސް ރުފިޔާއިން ޖޫރިމަނާކުރައްވާފައެވެ.