ކުޅިވަރު

އެރިކްސަން ޕްރިމިއަރ ލީގުގެ ކުލަބަކަށް ބަދަލުވަނީ


މިދިޔަ އަހަރު ޔޫރޯގައި ހާޓްއެޓޭކެއް ޖެހިގެން ދަނޑުންބެލީ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅެން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޑެންމާކްގެ އެރިކްސަންއަށް ހާޓްއެޓޭކެއް ޖެހުނީ މިނިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކާއި ފިންލެންޑް ބައްދަކުރި މެޗްގެ ފުރަތަމަ ހާފްގައެވެ. ހާޓްއެޓޭކެއް ޖެހިގެން އެރިކްސަންއަށް ދަނޑުމަތީގައި ފަރުވާދިނުމަށްފަހުވަނީ، ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އަދި ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން އެގުނީ އޭނާގެ ހިތަށް އައިސީޑީއެއް ލައްވަން ޖެހޭކަމަށެވެ.

އޭރު އެރިކްސަން ކުޅެމުންދިޔައީ އިޓަލީގެ އިންޓަރ މިލާނަށެވެ. އިޓަލީގައި އެރިކްސަންގެ ހިތަށް އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ނެތްއިރު، އީންޓަރއިން ވަނީ އެރިކްސަންގެ ކޮންޓްރެކްޓް ބާތިލްކޮށް އޭނާ ދޫކޮށްލާފައެވެ. ނަމަވެސް ކުޅުން ހުއްޓާލަން ބޭނުން ނުވާ، އެރިކްސަން ވަނީ ހިތަށް އައިސީޑީ ލައްވައިގެން ފަރިތަކުރުންތައް ކުރަން ފަށާފައެވެ. ބައެއް ގައުމުތަކުގައި އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު އޮވެއެވެ.

މިހާރު ބޮޑަށް ބެލެވެނީ އެރިކްސަން އެންމެ އަވަހަށް ގުޅޭނީ އިންގްލިޝް ޕްރިމިއަރ ލީގުގެ ކުލަބަކާ ކަމަށެވެ. އިގެރޭސި މީޑިޔާތުން ރިޕޯޓް ކުރާ ގޮތުން އެރިކްސަން ހޯދުމަށް ބްރެންޓްފޯޑުން ދަނީ މަސައްކަތް ކުރަމުންނެވެ. އިގެރޭސި ކުލަބަކަށް އެރިކްސަން ބަދަލްވާން މަސައްކަތް ކުރާއިރު، އޭނާވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްއަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައެވެ. އެރިކްސަން ބުނެފައިވަނީ މިއަހަރުގެ ފަހު ކޮޅުގައި ގަތަރުގައި ބޭއްވުމަށް ނިންމާފައިވާ ފީފާ ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާކަމަށެވެ.