ޚަބަރު

މޮނީޓަރިންގެ ޙާލަތަށް ގެންދާ ރަށްތައް އިތުރުވަނީ


މިދުވަސް ވަރަކީ މާލެއާއި އަތޮޅު ތަކުގެ ރަށްރަށުގަ އަނެއްކާވެސް ކޯވިޑްގެ ކޭސްތަށް ވަރަށްބޮޑަށް އިތުރު ވެފައިވާއިރު ކޯވިޑްގެ ޙާލަތު ގޯސްވެ މޮނީޓަރިންގެ ޙާލަތަށް ގެންދާ ރަށްތަކުގެ ޢަދަދުވެސް ދަަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން ޢާއްމުކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު މިހާރު ޖުމްލަ 13 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. އެންމެފަހުން މޮނިޓަރިންގެ ޙާލަތައް ގެންދިޔައީ ގދ.ގައްދުއާއި ރ.އުނގޫފާރާއި ހދ.ހަނިމާދޫއެވެ. މިހާރު މޮނިޓަރިންގައި އޮތް ރަށްތަކު ތެރޭގައި ކ.ތުލުސްދޫ، ކ.މާފުށި، ހއ.އިހަވަންދޫ، ހދ.ނެއްލައިދޫ، ލ.ފޮނަދޫ، ހދ.ނޮޅިވަރަމްފަރު، ށ.ފުނަދޫ، ބ.ދަރަވަންދޫ، ދ.ބަނޑިދޫ އަދި ލ.ގަން ހިމެނެއެވެ.

މޮނީޓަރިންގެ ޙާލަތަށް ނުގެންދިޔަނަމަވެސް އަތޮޅު ތަކަށް ބަލާއިރު އާބާދީ ބޮޑު ގިނަރަށް ތަކެއްގަ މިހާރުވެސް ކޮވިޑް އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން ހއ.ދިއްދުއާއި ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީގައިވެސް ކޮވިޑް ބަލި އަންނަނީ ފެތުރެމުންނެވެ.

ކޯވިޑް-19ގެ އައު ވޭރިއަންޓެއްކަމަށްވާ، އޮމިކްރޯންއާއެކު ރާއްޖެ މިވަނީ ކޯވިޑްގެ އިތުރު ރާޅަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. މިހާރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މިހާރު ދަނީ ދުވަހެއް ދުވަހަކަށް ވަރަށްބޮޑަށް އިތުރުވަމުންނެވެ.