ޚަބަރު

12 އަހަރަށް ފަހު ފެހެންދޫ ސްކޫލްގައި ކިޔަވައިދޭން ފަށައިފި


12 އަހަރަށް ފަހު ފެހެންދޫ ސްކޫލްގައި ކިޔަވައިދޭން ފަށައިފިއެވެ.

މިހާތަނަށް ފެހެންދޫ ވެފައިވަނީ އަމިއްލަ ރަށުގައި ތިބެގެން ސާނަވީ ތައުލީމާހަމައަށް ކިޔެވުމުގެ ފުރުސަތުނެތް މަދު ރަށްރަށުގެ ތެރޭގައެވެ. މިކަމަށް ޙައްލުގެނައުމަކީ މިހާރުގެ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. މިމަސައްކަތުގެދަށުން ބ.ފެހެންދުއާއި ވ.ތިނަދުއާއި އެއަތޮޅު ރަކީދޫގައި ސެޓެލައިޓް މެދުވެރިކޮށް ކިޔައިދިނުމުގެ މަސައްކަތްވަނީ ފަށްޓަވާފައެވެ.

މިއީ މިތިން ރަށުގަައި ތައުލީމް ހާސިލް ކުރާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނަށް ލިބުނު ބޮޑު އުފަލަކާ ހިތްހަމަ ޖެހުމެކެވެ.

ބ.އަތޮޅުގައި އާބާދީގެ ގޮތުން އެންމެ މަދުން މީހުން ދިރިިއުޅޭ ފެހެންދޫ ސްކޫލް ބަނަދުކުރީ 2008ވަނަ އަހަރުއެވެ. އެއީ ތައުލީމް އުގެނުމަށް އެ ސްކޫލްގައި ތިބި ދަރިވަރުންގެ ޢަދަދު މަދުވުމުން ސަރުކާރުން ކުރަންޖެހޭ ހޭދަަ ކުޑަކުރުމުގެ ބޭނުމުގައެވެ. އޭގެފަހުން އެދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ އެރަށާ އެއްފަޅެއްގައި އޮންނަ ބ.ގޮއިދޫ ސްކޫލުގައެވެ. މިގޮތަށް ގޮއިދޫއަށް ކިޔަވަންދާ ކޮންމެ ދަރިވަރަކަށް އެލަވަންސްއެއް ހަމަޖައްސަވާފައިވެއެވެ. އެ އެލަވަންސް ބޭނުންކުރަނީ ތައުލީމް ހޯދުމަށް ގޮއިދޫ ސްކޫލަށް ކަނޑުމަގުން ދަތުރުކުރުމަށެވެ. މިގޮތުގައި ސްކޠޫލުިގެ ކިޔެވުން ނިންމާލި ދަރިވަރުންވެސް މަދެއް ނޫނެވެ.

ފެހެންދޫ ދަރިވަރުން ތައުލީމް ހާސިލްކުރުމަށް ކުރި މަސައްކަތް ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން ދަނަނަވަން އޮތީ އެދަރިވަރުންގެ މައިންބަފައިން އެމީހުންގެ ދަރިންނަށް ތައުލީމް ހާސިލްކޮށްދިނުމަށް އުފުލި ބުރަޔަށް އައްސަރިބަހާ ސާބަސް ދޭންޖެހެއެވެ.

މިދަރިވަރުން ކިޔެވުމަށް ދަތުރުކުރީ ބިރުވެރިކަމާއެކު، ވިއްސާހާ ލޮނެއްގައި ވެހޭހާ ވާރޭގައި ދޭހާ އަތްވެއްގައި ކަނޑުމަގުންނެވެ. 2019ވަނަ އަހަރާ ޖެހެންދެންވެސް އެކުދިން ދަތުރުކުރީ 19 ފޫޓްގެ ކުޑަ ޑިންގީއެއްގައެވެ. މި ސަރުކާރުގެ ވެރިކަން ފެށުމާއެކު މިކުޑަ ޑިންގީގައި ދަތުރު ކުރުން ހުއްޓާލައި 30 މީހުން އުފުލޭވަރުގެ ލޯންޗެއް އެކުދިން ދަތުރު ކުރުމަށް ހަމަޖެއްސިއެވެ. މީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްކުރި އެންމެމުހިންމު އެއްކަންތަކެވެ.

މިކަން ނިމުމަކަށް ގެންނަވާނޭކަން ސަރުކާރުން އިއުލާން ކުރީ މިދިޔައަހަރުއެވެ. މިދިޔަ އަހަރުބޭއްވި 2019ވަނަ އަހަރުގެ މަތީ ސާނަވީ ގްރޭޑް ތަކުން ރަންވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމްދިނުމަށް ބެއްވި ޖަލްސާ ޝަރަވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވީ އާބާދީ މަދު ރަށްރަށުގެ ސްކޫލުތަކުގައި ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެކަމަށެވެ.

މި ސިޔާސަތުގެ ދަށުން ބ.ފެހެންދުއާއި ވ.ތިނަދުއާއި ވ.ރަކީދޫ ސްކޫލުގައި މިޓާމުން ފެށިގެން ސެޓެލައިޓް މެދުވެރިކޮށް ކިޔަވައި ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް އެރަށު ސްކޫލްގައި ދެކްލާސްރޫމް ވަނީ ހަދާފައެވެ. އޮންލައިން ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ގްރޭޑް 8އިން ދަށުގެ ދަރިވަރުންނަށް އެކަންޏެވެވެ. ގްރޭޑް 9އާއި 10 ގެ ދަރިވަރުން ކިޔަވާނީ ގޮއިދޫ ސްކޫލްގައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.