ކުޅިވަރު

އެމް.އީ.ސީ ބަދަހި ކަޕް ނެޓުބޯޅަ މުބާރާތް ފަށައިފި


އައްޑޫ ސިޓީ މީދޫގައި އެމް.އީ.ސީ ބަދަހި ކަޕް އަންހެނުންގެ ނެޓުބޯޅަ މުބާރާތެއް ފަށައިފިއެވެ. މި މިބާރާތަކީ މީދޫގާ ޙަރަކާތްތެރިވާ އަންހެނުންގެ ޖަމްޢިއްޔާއެއް ކަމަށްވާ މީދޫ އެކުވެރިންގެ ޗޭނާ ނެޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތަކީ މީދޫގެ އޮފީސްތަކަށް ހުޅުވައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ޒުވާނުންނަށް ކުޅިވަރުގެ ތެރެއިން ކަސްރަތަށް މަގުފަހިކޮށް ދިނުމެވެ. މިމުބާރާތް މިދިޔަ އަހަރުވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މުބާރާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ވަރަށް ފޯރިގަދަ މުބާރާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ޗެމްޕިއަން ޓީމަށް 10000 ރުފިށާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ އިނާމު ހުށަހަޅައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 5 ޓީމެވެ. މިއަހަރުވެސް މި މުބާރާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިން ފެނިގެންދާނެއެވެ. ކޮވިޑުގެ ޙާލަތުގައި އެޗްޕީ އޭގެ ޤަވާޢިދަށް ޢަމަލު ކުރުމުގެ ގޮތުން މުބާރާތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލުން ހުއްދަ ދެއްވާފައިވާ ގޮތަށް ސަޕޯޓަރުންނާ ނުލައިކަމަށް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވިއެވެ.