އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި އުފެއްދި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް) އިފްތިތާހްކޮށްފިއެވެ. މި ޖަމްޢިއްޔާ އިފްތިތާހްކޮށްދެއްވީީ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރެވެ.
ބީ.ސީ.އެމްގެ މަޤުސަދަކީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، އިޖުތިމާޢީ މަސައްކަތްތައް ކުރިއެރުވުމާއި، ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމާއި، ޓެރަރިޒަމާއި ހަރުކަށި ޢަމަލުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ އިތުރުން ހެލްތު އެޑިއުކޭޝަން ކުރިއެރުވުމެވެ. ޖަމްޢިއްޔާގެ އެގްޒެކިއުޓިވް ބޯޑަށް އިންތިޚާބުވެފައިވަނީ މި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.
ޓީ.އެފް.ޖީ ބިލްޑިންގގެ ކޮންފަރެންސް ރޫމްގައި ބޭއްވި މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވެއެވެ. ޖަމްޢިއްޔާގެ އެގްޒެކިއުޓިވް ބޯޑުގެ 8 މަޤާމަކަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ. މީގެ އިތުރުން ޖަމުޢިއްޔާގެ މެންބަރުންނަށް ޚާއްޞަކުރެވިގެން، ތަފާތު އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ "އެލީޓް ކާޑެއް" މި ރަސްމިއްޔާތުގައި ލޯންޗުކޮށްފައިވެއެވެ. މި ކާޑު ލޯންޗްކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާއެވެ.
ބީ.ސީ.އެމް އިފުތިހާހުކުރީ 100އަށްވުރެ ގިނަ އަންހެނުންގެ މެންބަރޝިޕަކާއެގައެވެ.