ޚަބަރު

މަބްރޫކް ކޯވިޑަށް ޕޮޒިޓިވް

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވީތާ ދުވަސްކޮޅެއް ވެފައިވާކަމަށެވެ. ކޯވިޑަށް ޕޮޒިޓިވްވެފައިވީނަމަވެސް ޙާލު ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.
ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އެކުލަވާލި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހުންނެވި ދުވަސްވަރު އޭރު ކުރިމަތިވީ ކޯވިޑްގެ ރާޅުތަކުން އަރައިގަތުމަށް ޢާއްމުނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި މުހިއްމު ދައުރެއްވަނީ އަދާކުރައްވާފައެވެ.

އަދި މިހާރު ފުރުއްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަޤާމެވެ.