ޚަބަރު

ކޯވިޑް ޖެހިގެން 34 އަހަރުގެ ބިދޭސީއަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން ރާއްޖެއިން 34 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު ސ.ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ ޢުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 265 ވަނަ މީހާއެވެ. އެންމެފަހުން މި ބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން ގިނައިން ނިޔާވެފައިވަނީ ދިވެހިންނެވެ. އޭގެތެރޭގައިވެސް ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.