ކުޅިވަރު

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފި


ޗެތްރީގެ ގޯލުން ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ
ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ. ޓްރިވެންޑްރަމްގައި ކުޅުނު ފައިނަލްގައި މިއަދު އަފްޤާނިސްތާނާ ވާދަކޮށް
އިންޑިއާ މެޗް ކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖަހާ
ކުރިހޯދީ އަފްޤާނިސްތާންއެވެ.  70ވަނަ މިނެޓްގައި މިލަނޑު ކާމިޔާބުކޮށްދިނީ
ޒުބޭރު އަމީރީއެވެ. އަފްޤާނުން ލަނޑުޖެހިތާ ދެމިނިޓްފަހުން އިންޑިޔާއަށް ނަތީޖާ
ހަމަހަމަކޮށްދިނީ ޖޭޖޭއެވެ. މެޗްގެ ނުވަދިހަ މިނެޓްގެ ކުޅުން ހަމަވެ ނަތީޖާ ނެރުމަށް
ކުޅުނު ފަނަރަ މިނެޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި އިންޑިއާ މެޗުން
މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިއީ އިންޑިއާ ސާފްގެ
ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި 7ވަނަ ފަހަރު. އެންމެ ފަހުން 2013ވަނަ
އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިންޑިއާ ބަލިކޮށް
ކާމިޔާބުކުރީ އަފްޤާނިސްތާންއެވެ. މިފަހަރުގެ މުބާރާތް މިއީ ސާފްގެ މުބާރާތެއްގައި އަފްޤާނިސްތާން
ވާދަކުރާނެ ފަހު ފަހަރެވެ. 2017ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކުޅޭނީ
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.