ޚަބަރު

އިންސާނީ ވަގުފާރީގެ މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި


އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ފުލުހުން، 4 މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކުރީ މިމަހުގެ 5ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ހައްޔަރުކުރި މިހުންގެ ތެރޭގައި ހިމެނެނީ އުމުރުން 28އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުގެ ފިރިހެނުންނެވެ. ފުލުހުން ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހަކާއި ބިދޭސީއަކު ހިމެނޭކަމަށެވެ. މައްސަލައިގެ ޖިނާޢީ ތަހުގީގު ކުރިއަށްދާތީ، މަސައްލައިގައި ހިމެނޭ ފުލުހުންގެމީހާ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މައްސަލައިގައި މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 2 މީހަކަށް 15 ދުވަސް، އަދި އަނެއް ދެ މީހުންނަށް 10 ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ބަންދުގައި ބައިތިއްބަން ޖަހާފައެވެ.