ސިއްހަތު

ހުޅުމާލޭ ހޮސްޕިޓަލުން ތެލަސީމިޔާއަށް ސްކްރީން ކުރުމުގެ ޚިދުމަތް


ހުޅުމާލޭ ހޮސްޕިޓަލުން މި މަހުގެ 5 ވަނަ ދުވަހު ތެލެސީމިޔާ ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.މި ވަގުތު މާލޭގައި ތެލެސީމިއާ ސްކްރީން ކުރެވެނީ، މޯލްޑިވްސް ތެލެސީމިޔާ ސެންޓަރާއި ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން (ޝީ) ން  އެކަންޏެވެ.ތެލެސީމިއާ ސެންޓަރުން ހިލޭ ސްކްރީން ކުރެވޭއިރު، ޝީން ތެލެސީމިއާ ޓެސްޓް ކުރުމަށް އަގެއް ނަގައެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރ އަހުމަދު ޝާކިރު ވިދާޅުވީ، ތެލެސީމިޔާ ސްކްރީނިންގ ޓެސްޓް އެހޮސްޕިޓަލުން ކޮންމެ މީހަކަމަށްވެސް ހިލޭ ކުރެވިގެންދާނެކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އަލްޓްރާ ސައުންޑް ސްކޭނިންގެ ޙިދުމަތް އެ ހޮސްޕިޓަލުން ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އަހުމަދު ޝާކިރު ވިދާޅުވިއެވެ.މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ތަޢާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އައިސީޔޫގެ ޚިދުމަތާއި، އުފަންވާ ތުއްތު ކުދިންނަށް ޚިދުމަތްދޭ، އެން އައިސީޔޫގެޚިދުމަތް ފާހަގަކޮށްލެވެއެވެ.