ދީން

ދަ މެސެޖްގެ ދަރުހެއް މިރޭ ބާއްވަނީ


މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިންތިޒާމްކުރައްވައިގެން ކުރިޔަށްގެންދަވާ ދަ މެސެޖްގެ ޕްރޮގްރާމްގައި ދަރުސް ދެއްވުމަށްޓަކައި ޕްރޮފެސަރ ޑރ.އަހުމަދު ހިދާޔަތު ބުވަންގ އަދި އޭނާގެ އަނބިކަބަލުން ޕްރޮފެސަރޑރ ރައިހާނާ ބިންތި ހާޖީ ޢަބްދުﷲ ރާއްޖެ ވަޑައިގެންފިއެވެ.މި ދެބޭފުޅުންނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންނެވެ. ޒަމާނީ މައްސަލަތައް އިސްލާމީ ޝަރީޢާގެ މުހިންމުކަން މި މައުޝޫއަށް މިރޭ ޕްރޮފެސަރ ޑރ އަޙުމަދު ހިދާޔަތު ބުވަންގ ދަރުސް ދެއްވާނެއެވެ. ޕްރޮފެސަރޑރ ރައިހާނާ ބިންތި ހާޖީ ޢަބްދުﷲ، ދަރުސް އޮންނާނީ މާދަމާ ރެއެވެ. މި ޢިލްމުވެރިޔާ ވާހަކަފުޅު ދައްކަވާނީ އިސްލާމް ދީނުގައި އަންހެނުންގެ ދައުރު މި މަވްޝޫއަށެވެ.ރާއްޖެ ވަޑައިގެން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ޕްރޮފެސަރ ޑރ. އަޙުމަދު ހިދާޔަތު ބުވަންގ ވިދާޅުވީ މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ މައުޟޫއަކީ އާންމު އިޖްތިމާއީ ކަންކަމާވެސް ވަރަށް ގުޅުންހުރި މައުޟޫއެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ އާއްމުން މި ދަރުސްގައި ބައިވެރިވުމަށް އެނާ އެދިވަޑާއިގެންނެވިއެވެ. މި ދެ ދަރުސް ވެސް ބާއްވަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.