ދުނިޔެ

ޓެރަރިޒަމްގެ ޖަރީމާތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނަން - ސަޢުދީ


ޓެރަރިޒަމްގެ ޖަރީމާތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އެކަމުގެ ޙައްޤު އަދަބު ދިނުން ސަޢުދީ ޢަރަބިއްޔާއިން ހުއްޓާނުލާނެ ކަމަށް އެގައުމުގެ ދާޚިލިއްޔާއިން ހާމަކޮށްފިއެވެ.ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ސަޢުދީ ދާޚިލިއްޔާގެ ތަރުޖަމާނު މަންސޫރު ޢަލް ތުރްކީ ވިދާޅުވީ، ޓެރަރިސްޓް ޢަމަލުތައް ހިންގާ ފަރާތްތަކާއި ދެކޮޅަށް އެކަށިގެންވާ ފިޔަވަޅު އެޅުމަށް ސަޢުދީގެ ސަލާމަތީ ބާރުތަކުން ފަސްނުޖެހޭނެ ކަމަށާއި، އެއީ ކޮންމެ ފަރާތަކަށް ތާޢީދުކުރާ މީހެއް ކަމުގައި ވިއަސް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.ސަޢުދީގެ ދާޚިލިއްޔާއިން މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ޓެރަރިޒަމްގެ ކުށުގައި އިއްޔެ އެގައުމުގައި 47 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ޝީޢީންގެ އިސް ދީނީ ލީޑަރެއް ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.