ޚަބަރު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕްރޮމޯޝަނެއް


ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ. އެގޮތުން ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތަކީ 2 ޖަނަވަރީން 31 ޖަނަވަރީގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމާއެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށްވެސް ބަދަލު ގެެނެސްފައެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕަރސަނަލް ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެކަމަށް އެ ބޭންކުން ބުނެއެވެ.